Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ޔޫއެލްގެ ޓިކެޓް އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި

ކުޅުދުއްފުށީ ބަރާބަރު ފިހާރައިގައި ސްރީލަންކަން އެއާލައިންސްގެ ޓިކެޓް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ސްރީލަންކަން އެއާލައިންސްގެ ޓިކެޓް އޮފީހެއް ހދ. ކުޅުދުއްފުށީ ގައި ހުޅުވައިފި އެވެ.

މި ހިނގާ މާޗު މަހުގެ ހަތަރު ވަނަ ދުވަހު ހުޅުވި މި ޓިކެޓް އޮފީސް ޤާއިމްކޮށްފައި ވަނީ އެ ރަށު "ބަރާބަރު" ފިހާރައިގައެވެ.

އެ އޮފީހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައި ދެއްވީ އޭސް އޭވިއޭޝަންގެ މާކެޓިންގ އެގްޒެކެޓިވް ފާތުމަތު މަޒްނާ އެވެ.

މި ހިދުމަތާއެކު ބަރާބަރުން ސްރީލަންކަން އެއާލައިންސް ދަތުރުކުރާ ހުރިހާ މަންޒިލަކަށް ޓިކެޓް ލިބުމުގެ ހިދުމަތް ލިބިގެންދާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

އަދި މިއޮފީހުން ސްރީލަންކަން އެއާލައިންސް ހެޑް އޮފީހުން އޮފާ ކުރާ ހުރިހާ ޕުރޮމޯޝަންތަކެއްވެސް ހަމަ އެއް އަގެއްގައި ލިބިގެންދާނެ އެވެ.

އަދި ހަމަ އެހެންމެ މާލެއަށް ދަތުރު ނުކޮށް ހަނިމާދޫ އިން ޓްރިވެންޑްރަމްއަށް ކުރާ ދަތުރުން ދެން ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ޓްރިވެންޑްރަމް އިން ކޮލަންބޯ ނުވަތަ ސްރީލަންކަން އެއާލައިންސް ދަތުރުކުރާ ކޮންމެ މަންޒިލަކަށް ދަތުރު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެކަމަށް ވެސް އެފަރާތުން ބުނެ އެވެ.

އިތުރު މައުލޫމާތު ބަރާބަރުގެ ރިޒަވޭސަން ހޮޓްލައިން 6527700 އާ ގުޅާލުމުން ނުވަތަ 7847700 އަށް ވައިބާރ މެދުވެރިކޮށް ލިބޭނެ ކަމަށް ބަރާބަރުން ހާމަ ކުރެ އެވެ.