Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ނަދީމަށް ސާފު ބޯ ފެނެއް ނުލިބޭ: ވަކީލުން

ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ، އަދި އެކަމަނާގެ ފިރިކަލުން ނަދީމް-

ރައީސް މައުމޫނާއެކު ހައްޔަރު ކުރި އެމަނިކުފާނުގެ ދަނބިދަރިކަލުން، މުހައްމަދު ނަދީމް ދަނީ ބޭރަށް ހިނގުމާއި އެކަށީގެންވާ ފެން ނުލިބުމުން ހަށިގަނޑަށް ދިމާވާ ސިއްހީ މައްސަލަތަކެއް ކުރިމަތިވެގެން ކަމަށާއި އޭނާއަށް ވަނީ ސިއްހީ ގޮތުން އަޅާނުލެވި ކަމަށް ނަދީމްގެ ގާނޫނީ ވަކީލް، މަޙްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.

މަހްފޫޒްގެ މުވައްކިލުގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ނަދީމަށް ސާފު ބޯފެން ފޯރުކޮށްނުދޭ ކަމަށާއި އޭގެ ސަބަބުން ސިއްހީ ގޮތުން ދަތިތަކާ ކުރިމަތިލަމުން އަންނަ ކަމަށެވެ.

އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހު ނަދީމް ހައްޔަރުކުރުމަށްފަހު މިއަދާ ހަމައަށްވެސް އޭނާއާ އެއްވެސް ސުވާލެއްވެސް ނުކުރާ ކަމަށާއި ބަންދުގައި ބަހައްޓާފައި ހުރެ ދެމުންދާ "އަނިޔާ" އަށް ޒިންމާ ނަގަން ޖެހޭ ހުރިހާ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް މަހްފޫޒް ވިދާޅުވިއެވެ.

ރައީސް މައުމޫނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު، އަބްދުﷲ ސައީދު ހައްޔަރުކޮށްގެން ބަންދުގައި ބަހައްޓާފައިވާތާ 32 ދުވަސް ވަނީ ވެފައެވެ. އެންމެ ފުރަތަމަ 15 ދުވަހަށް އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު މިހާރު ވަނީ 30 ދުވަހަށް ދިގުދަންމަވާފައެވެ. އަދި އެތައް ބަޔަކު ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ.