Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

ފޭކް ބޭހެއް ދައުރުވަނީ، ސަމާލުވޭ!

އޮގްމެޓިން އެންޓިބަޔޮޓިކްގެ ފޭކު ބޭހެއް ދައުރުވަމުން އަންނާތީ ބޭސް އެތެރެކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓްރީ އޮފް ހެލްތުން އިލްތިމާސްކޮށްފިއެވެ.

މިބޭސް ދައުރުވަމުން ދަނީ ކެމަރޫންގައި ކަމަށް މައުލޫމާތު ލިބިފައިވާއިރު ދުނިޔޭގެ ސިއްހަތާ ބެހޭ އިދާރާ، ޑަބްލިއުއެޗްއޯ އިން ވެސް ވަނީ މިކަމަށް ސަމާލުވުމަށް ހުރިހާ ގައުމަކަށް އަންގާފައެވެ.

ކެމަރޫންގައި ދައުރުވަމުންދާ ފޭކު ބޭހަކީ ބެޗް ނަމްބަރު 562626 ގެ ބޭސް ކަމަށާއި އެބޭސް ބޭނުން ނުކުރުމަށް ސިއްހަތާ ބެހޭ މައި އިދާރާއިން ވަނީ ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް އަންގާފައެވެ.

މިބޭހަކީ 2016 މެއި މަހު އުފައްދައި، އަންނަ އަހަރުގެ މެއި މަހަށް މުއްދަތު ހަމަވާ ބޭހެކެވެ. ދޭތެރެ ދޭތެރެއިން މިފަދަ ބޭސްތަކުގެ ފޭކު ބޭސްތައް ބަޔަކު ފަތުރާތީ އަބަދުވެސް ބޭސް އެތެރެ ކުރާ ފަރާތްތަކަށް ވަނީ ސައްހަ ބޭސް އެތެރެކުރުމަށް ފިޔަވަޅުތައް އަޅަން އަންގާފައެވެ.