Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ބިސްމި ކިޔަން ވާނީ ބާރަށް: ފަތުވާ ކޮމިޓީ

އަޑު ހަރުކޮށް ގުރުއާން ކިޔަވާ ނަމާދުތަކުގައި ސޫރަތުލް ފާތިހާ ކިޔަވަން ފަށާ އިރު، އެންމެ ރަނގަޅަކީ އަޑު ހަރުކޮށް ބިސްމި ކިޔުން ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.

އެ މަޖިލީހުން ނެރުއްވި ފަތުވާގައި ބުނީ ބިސްމިއަކީ އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައި ކީރިތި ރަސޫލާ ސޫރަތުލް ފާތިހާ ކިޔަވާ ވިދާޅުވާ އިރު، ބިސްމި ބާރަށް ވިދާޅުވިކަން އަދި ބައެއް ފަހަރު ސިއްރުން ވިދާޅުވި ކަން ވެސް އެކަލޭގެފާނުގެ ސުންނަތުން ސާބިތުވާ ކަަމަށެވެ.

އެހެންވެ ރާއްޖޭގައި ފަރްއީ ހުކުމްތަކުގައި އަމަލު ކުރަމުން އަންނަނީ ޝާފިއީ މަޒްހަބްގައިވާ ގޮތަށް ކަމަށްވާތީ، ރައްޔިތުންގެ ދީނާ ވަހްދަތު އާލާކޮށް، އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި، އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމުން އަމަލު ކުރުން އެންމެ ރަނގަޅު ގޮތަކީ ފާތިހާ ސޫރަތް ކިޔަވާ އިރު ބިސްމި ބާރަށް ކިޔުން ކަމަށް އެ ފަތުވާގައިވެ އެވެ.

ނަމަވެސް ރާއްޖޭގެ ބައެއް މިސްކިތްތަކުގައި މުދިމުން ނަމާދު ކުރާ އިރު، ބާރަށް ބިސްމި ނުކިޔާތީ ބައެއް މީހުންގެ ފަރާތުން ފާޑުކިޔުންތައް އަމާޒުވެ އެވެ.

މި މައްސަލަ އައްޑޫގައި ވެސް ވަރަށް ބޮޑެވެ.