Last Updated: June 14, 17:57
Sunday, June 14, 2026
ޚަބަރު

ގަމު މުޒާހަރާއިން ހައްޔަރު ކުރި މީހުން ދޫކޮށްލައިފި

މުޒާހާރާގެ ތެރެއިން ހައްޔަރުކުރި ބައެއް މީހުން -- ރާއްޖެއެމްވީ

ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ލ. ގަމުގައި އިއްޔެ ހަވީރު ބޭއްވި މުޒާހަރާއިން ހައްޔަރު ކުރި 5 މީހުން ދޫކޮށްލައިފިއެވެ.

އިއްޔެ ހަވީރު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާ ހުއްޓުވީ ރައިޓް ގިޔަރުގައި ތިބި ސިފައިން ނިކުމެ ގަމު ކޯޒްވޭ ބަންދުކޮށްގެންނެވެ. ސިފައިން މުޒާހަރާއަށް ހުރަސް އެޅި އިރު މީގެ ކުރިން މުޒާހަރާތަކަށް ހުރަސް އަޅަނީ ފުލުހުންނެވެ.

ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާން ވިދާޅުވީ މުޒާހަރާގެ ބައިވެރިންނަށް ސިފައިން ހުރަސް އެޅީ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް އަންގައިގެންކަމަށެވެ.

ޝިޔާން ވިދާޅުވީ ހައްޔަރު ކުރި އެންމެން ގަޑި އެއްހާއިރު ތެރޭ ދޫކޮށްލިކަމަށެވެ.

އިއްޔެގެ މުޒާހަރާތެރެއިން ހައްޔަރުކޮށްފައިވަނީ ލ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފްގެ އިތުރުން ގަމު އެމްޑީޕީގެ ފަސް މެމްބަރުންނެވެ.