Last Updated: April 27, 06:00
Saturday, April 27, 2024
ރިޕޯޓް

ރީތިވާން ކުރާ މޭކަޕުން ލިބޭ ގެއްލުން ބޮޑު!

މޭކަޕް ކުރުމަކީ މީހާގެ ރީތިކަން އިތުރު ކޮށްދޭ ކަމެކެވެ. ނަމަވެސް، އެއިން ތިބާއަށް ލިބޭ ގެއްލުމާމެދު ވިސްނާލީމު ހެއްޔެވެ؟

ބޮލުގައި ރިއްސުން

 

ގަބޫލު ކުރަން ދަތިވިނަމަވެސް މޭކަޕް ކުރުމަކީ ބޮލުގައި ރިއްސުމަށް މަގުފަހި ކުރުވާކަމެކެވެ. މޭކަޕް އުފެއްދުމަށް ބޭނުން ކުރާ ކެމިކަލް ތަކުގެ ތެރެއިން 'ޑައިޒޮލިޑިނިލް ޔޫރިއާ' އަދި 'ޑީއެމް. ޑީއެމް ހައިޑެންޓޮއިން' އަކީ އޭގެ ސަބަބުން މީހާ ބޮލުގައި ރިއްސުމަށް މަގުފަހިކުރުވާ ކަމަށް ސާބިތުވެފައިވާ އެއްޗިއްސެވެ. އެހެން ކަމުން ސަބަބު ނޭނގި ބޮލުގައި އަބަދު ރިއްސާ ކަމަށް ވަންޏާ، މޭކަޕް ކުރާލެއް މަދުކުރުމަކީވެސް ކުރެވިދާނެ އެއްކަމެވެ.

މޫނުގައި ބިހި ނެގުން

 

މިއީ މޭކަޕް ބޭނުން ކުރާ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މޫނުގައި އުންގުޅާފައި ހުންނަ މޭކަޕް ނުފިލުވައި ނިދުމުން އޭގެ ސަބަބުން އަޅުގަނޑުމެން މިކިޔާ 'ބްލެކް ހެޑްސް' މޫނުގައި އުފެދެއެވެ. އަދި ދުވަސް ވުމުން މި ބިސްސަށް ބަދަލުވެ މޫނުގެ ރިތިކަމާއި އޮމާންކަން ގެއްލުވައިލައެވެ.

ލޮލުގައި އިންފެކްޝަން ހެދުމަށް މެދުވެރިކުރުން

 

ލޮލަކީ އަޅުގަނޑުމެންގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު އެއް ގުނަވަނެވެ. ލޮލުގައި ހާކާ މޭކަޕް ލޮލުގެ ތެރެއަށް އެޅުމުން ލޮލަށް އުންދަގޫވެ ލޯ ކަހާ ގޮތްވެސް ވާނެއެވެ. އަދި މީގެ އިތުރުން އެސްފިޔައިގައި ހާކާ މަސްކާރާ މާ ގިނައިން ބޭނުން ކުރުމުން ބެކްޓީރިޔާ އުފެދުމަށް މަގުފަހިކޮށް ލޮލުގެ އެކި އެކި ބަލިތަކަށް މަގުފަހިކޮށްދޭނެއެވެ.

ވީމާ މޭކަޕަކީ މިފަދަ އެތައް ގެއްލުމެއް ލިބޭ އެއްޗަކަށް ވާއިރު މޭކަޕް ބޭނުންކުރެވޭ މިންވަރު މަދު ކޮށްލުމަކީ ހަމަގައިމުވެސް ތިބާގެ ސިއްޙަތު ސަލާމަތުން ބެހެއްޓުމަށް ކުރެވޭނެ ވަރަށް މުހިއްމު އެއްކަމެވެ.