Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ކުއްލި ނުރައްކަލުގައި އެމްޑީޕީ ތޮއްޑޫ ރައީސް ހައްޔަރުކޮށްފި

ސަރުކާރުން އިއްލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެމްޑީޕީ ތޮއްޑޫ ދާއިރާގެ ރައީސް ހައްޔަރުކޮށްފިއެވެ.

އެމްޑީޕީން ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެޕާޓީގެ ތޮއްޑޫ ދާއިރާގެ ރައީސް ހަސަން ޝިޔާން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކުރި ތަނެއް ވަގުތެއް އެމްޑީޕީންވެސް އަދި ފުލުހުންވެސް ހާމަކޮށްފައި ނުވެއެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ބަޔަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ނަމަވެސް ހައްޔަރުކޮށްފައިވާ މީހުންގެ ޖުމްލަ އަދަދެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.