Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އަބްދުﷲ ރިޔާޒްގެ ބޮޑީގާޑު ނިޒާމްގެ ފޯނު ހިފަހައްޓައިފި

އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމެއްގައި ރިޔާޒް ބައިވެރިވެވަޑައިގަންނަވާއިރު، އޭނާގެ ސެކިއުރިޓީ ނިޒާމް ފަހަތުގައި މަޑުކޮށްލައިގެން – ފޮޓޯ: މިހާރު

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްގެ ޕްރައިވެޓް ބޮޑީގާޑު މުހައްމަދު ނިޒާމްގެ މޮބައިލް ފޯނު ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހް މިއަދު ވިދާޅުވީ މެންދުރު ފަހު 3:00 ހާއިރު ކޯޓު އަމުރެއް ދެއްކުމަށްފަހު ފުލުހުން ނިޒާމްގެ ފޯނު އަތުލާފައިވާ ކަމަށެވެ.

ކުރިން ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރި ނިޒާމްގެ ފޯނު އަތުލާފައިވާއިރު މި ހިނގާ މާޗު މަހުގެ ދެވަނަ ދުވަހު އިދިކޮޅު ޕާޓީތަކުން މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ވަނީ ހައްޔަރުކޮށްފަ އެވެ.

ރިޔާޒް މިވަގުތު ހުންނެވީ ދޫނިދޫ ކަސްޓޯޑިއަލްގަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރިޔާޒް ހައްޔަރުކުރި ސަބަބެއް ނޭނގެ އެވެ.