Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ފާރިސްއަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތެއް މާދަމާ

ފާރިސް މައުމޫން - ފޮޓޯ: ރާއްޖެއެމްވީ

މިހާރު ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ޝެޑިއުލްގައި ވާގޮތުން ފާރިސްގެ މައްޗަށް ކުރެވޭ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 14:30 އަށެވެ.

ކްރިމިނަލް ކޯޓްގައި އުފުލި އެ ދައުވާއަކީ މަޖިލިސް މެންބަރުންނަށް ފާރިސް ރިޝްވަތު ދިންކަމުގެ ދައުވާއެކެވެ. މާދަމާ ބާއްވަން ތާވަލްކޮށްފައިވާ އަޑުއެހުމަކީ އެ މައްސަލައާ ގުޅޭ ހެކި ހުށަހެޅުމަށް ބާއްވާ ޝަރީއަތެކެވެ.

ޝަހްސު އޮޅުވައިލުމާއި ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް މިހާރުވެސް ހުންނެވީ ފުލުހުންގެ ބަންދުގައެވެ.

ސްޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި މިނިވަން ކުރުމަށް އަމުރުކޮށްފައިވާ ނުވަ ބޭފުޅުންގެ ތެރޭގައި ފާރިސްވެސް ހިމެނިވަޑައިގަންނަވައެވެ.

ފާރިސްގެ އިތުރުން ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ވެސް ހުންނެވީ ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޖަލުގައެވެ.