Last Updated: June 14, 17:27
Sunday, June 14, 2026
ޚަބަރު

ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި

ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް، ފޮޓޯ: ރާއްޖެއެމްވީ

މާލޭގައި މީގެ ކުޑައިރުކޮޅެއް ކުރިން ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 22:15 ހާއިރު 19 އަހަރުގެ ޒުވާނެއްގެ ގަޔަށް ވަޅި ހަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެޒުވާނާއަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މާފަންނުގައި"ވޯންޓެޑް" ކަންމަތިންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޒަހަމްވެގެން ގެނައި ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށާއި ހަމަލާ ދީފައިވަނީ އެ ޒުވާނާގެ ކޮޑު ކަށިގަނޑަށްކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.