Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

މާލޭގެ އިމާރާތަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ

މާލޭގައި ހުރި ހަތަރު ބުރީގެ އިމާރާތަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާ އިމާރާތުން ވެއްޓިފައިވަނީ މިއަދު ހެނދުނު 6 ޖަހާކަށް ހާއިރުއެވެ. އިމާރާތުގެ މަތިން ވެއްޓުނު ޒުވާނާ ގެންދިޔައީ އައިޖީއެމްއެޗަށެވެ.

ފުލުހުން މިހާރު އައިޖީއެމްއެޗްގައި ހަރަކާތްތެރިވަމުން އަންނައިރު މި ހާދިސާ އާއި ބެހޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.