Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ކުރިއަށް އޮތް 48 ގަޑިއިރު ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ

ކުރިއަށް އޮތް 48 ގަޑިއިރުތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) ލަފާކޮށްފިއެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ އިރުން ސްރީލަންކާގެ ދެކުނުގެ ސަރަހައްދުގައި ކޮޅިގަނޑެއް އުފެދިފައިވާތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

"ކުރިއަށް އޮތް 48 ގަޑިއިރުތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ،" މެޓް އޮފީހުގެ ބަޔާން.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާ އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ.