ސަތޭކަ އަށްޑިހައަށްވުރެ ގިނަ އެއާކްރާފްޓާއެކު އޮޕަރޭޓް ކުރަމުން އަންނަ ޤަތަރްގެ ޤައުމީ އެއާލައިން ޤަތަރް އެއާވޭސްގެ ޓިކެޓްތައް އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.
ޤަތަރް އެއާވޭސް އިން އެންމެ ފަހުން ހަމަޖެއްސި ޕެސެންޖާ ސޭލްސް އޭޖެންޓަކީ އޭސް ޓްރެވެލް މޯލްޑިވްސް އެވެ.

ގަތަރް އެއާވޭސްއާއެކު އޭސް ޓްރެވެލްސް އިން ދާދިފަހުން ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ޤަތަރް އެއާވޭސްއިން ދަތުރުކުރާ ކޮންމެ މަންޒިލަކަށް ދިޔުމަށް ޓިކެޓް އޭސް ޓެރެވެލް މޯލްޑިވްސް މެދުވެރިކޮށް ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ޤަތަރް އެއާވޭސްގެ ހުރިހާ ޓިކެޓިންގ އަދި ރިޒަވޭޝަންސް އޭސް ޓްރެވެލްސް އިން މިހާރު ލިބޭނެ ކަމަށްވެސް އޭސް ޓްރެވެލްސް މޯލްޑިވްސް އިން ބުނެއެވެ.
އެކުންފުނިން އިތުރަށް މަޢުލޫމާތު ދޭ ގޮތުގައި ސްރީލަންކަން އެއާލައިންސް އިން ދަތުރު ކުރާ ހުރިހާ މަންޒިލެއްގެ ޓިކެޓްތަކުގެ އިތުރުން، ރާއްޖެ ތެރެއަށް ދަތުރުކުރާ ރާއްޖޭގެ އެއާލައިންތަކުގެ ޓިކެޓްތައްވެސް އޭސް ޓެރެވެލްސް އިން ލިބޭނެ އެވެ.