ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު އަބްދުﷲ ދާދި ދެންމެއަކު މަގުމަތިން ހައްޔަރުކޮށްފިއެވެ.
މުހައްމާ ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޚަބަރު ލިބޭ ގޮތުގައި މުހައްމާ ހައްޔަރުކުރީ އާދައިގެ ހެދުމުގައި ތިބި ދެ ފުލުހުންނެވެ.
އަދި މިހާރު ހައްޔަރުކޮށްގެން މުހަންމާ ވަނީ ދޫނިދޫއަށް ގެންގޮސްފައި ކަމަށް އޭނާގެ ގާތް މީހަކާ ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މުހަންމާގެ އިތުރުން މިހާރުވެސް މަޖިލީހުގެ ފަސް މެމްބަރަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ.
މެމްބަރުންގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުވެސް ވަނީ ހައްޔަރުކޮށް ބަންދުކޮށްފައެވެ.