ގާނޫނު ނެގެހެއްޓުމަށް ސަލާމަތީ ބާރުތަކަށާއި ޖުޑިޝަރީއަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަނެއްކާވެސް ގޮވާލައްވައިފިއެވެ.
ކުއްލި ހާލަތު އިއްލާންކޮށް ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް ރަހީނުކޮށްފައިވާ އުއްތަމަ ފަނޑިޔާރު މިފަދައިން ގޮވާލައްވާފައިވަނީ އެމަނިކުފާންގެ ގާނޫނީ ވަކީލް ހިސާން ހުސެއިން މެދުވެރިކުރައްވައެވެ.
ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުއްތަމަ ފަނޑިޔާރު ހައްޔަރުކުރިތާ 34 ދުވަސް ފަހުން އެމަނިކުފާނާއި ސުވާލު ކުރައްވާފައިވާކަމަށެވެ.
34 days after his arrest,CJ Abdulla Sayeed was yesterday informed that he has been charged under Anti-Terrorism Act for the alleged offence of attempting to overthrow the Govt. He denies the charges&calls upon the judiciary& security forces to uphold rule of law #MaldivesInCrisis
— Hisaan ؟? (@hisaanhussain) ١١ مارس، ٢٠١٨
ހިސާން ވިދާޅުވީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރަނީ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކަމަށެވެ. ނަމަވެސް އެ ތުހުމަތުތަކަށް އެމަނިކުފާން އިންކާރަ ކުރައްވައި އެމަނިކުފާން ސަލާމަތީ ބާރުތަކަށާއި ޖުޑިޝަރީއަށް ގޮވާލެއްވީ ގާނޫނު ނެގެހެއްޓުމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށް ރަހީންކުރެވިފައިވާ އިރު އެމަނިކުފާނާއި ގުޅޭގޮތުން ފުލުހުން ބޭއްވި ނޫސް ކޮންފަރެންސެއްގައި އެމަނިކުފާނަށް ބޮޑެތި ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ކިތާބީ ހެކި ލިބިފައިވާކަމަށް ބުނެފައިވެއެވެ.
ނަމަވެސް ފަހުން އިވިގެން ދިޔައީ އެމަނިކުފާން ހެކި ފޮރުވަން މަސައްކަތް ކުރެއްވި މައްސަލައެއް ދައުވާ ކުރެއްވުމަށް ޕީޖީއަށް ފޮނުއްވި އަޑެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ދެ ފަނޑިޔާރުންގެ މައްޗަށް ބޮޑެތި ރިޝްވަތުގެ ތުހުމަތު ވަނީ ކޮށްފައެވެ.