Last Updated: June 7, 13:49
Sunday, June 7, 2026
ޚަބަރު

ނަދީމަށް ދެނީ ފާޚާނާ ފެން!

ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ، އަދި އެކަމަނާގެ ފިރިކަލުން ނަދީމް-

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުއްޤައްޔޫމްގެ ދަނބިދަރިކަލުން މުހައްމަދު ނަދީމަށް ބޯފެނުގެ ގޮތުގައި ދެނީ ފާޚާނާ ސާފުކުރުމަށް ބޭނުންކުރާ ފެން ކަމަށް އެބޭފުޅާގެ ޤާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިރާޖް ވިދާޅުވީ ނަދީމްގެ ސިއްހީ ހާލަތު ދަނީ ގޯސްވަމުންދާތީ އެކަން ތަކުރާރުކޮށް ފުލުހުންގެ ސަމާލުކަމަށް ގެނައި ނަމަވެސް އަދިވެސް އެކަމަށް ފުލުހުން އިޖާބަ ދީފައި ނުވާ ކަމަށެވެ.

ސިރާޖު އިތުރަށް ވިދާޅުވި ގޮތުގައި ނަދީމަށް ސާފު ބޯފެން ނުލިބޭ މައްސަލަ ބަލައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. އަދި ނަދީމު ބަންދުކުރިފަހުން އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައި ވާއިރު އޭނާ އާއި ތަހުގީގަށް ސުވާލުކޮށްފައި ނުވާތީ އެކަން ވެސް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ސިރާޖު ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ނަދީމު ހައްޔަރު ކުރި ފަހުން އަދި މިހާތަނަށް ތަހުގީގަށް އެއްވެސް ސުވާލެއް ކޮށްފައެއް ނުވެއެވެ.