Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

އެންޓި ޑިފެކްޝަން ބިލް ޕީޕީއެމްގެ ތިން މެމްބަރުން ބޮއިކޮޓްކޮށްފި

އެންޓި ޑިފެކްޝަން ބިލް ފާސްކުރުމަށް ވޯޓަށް އެހުމުން ޕީޕީއެމްގެ ތިން މެމްބަރަކު ބިލަށް ވޯޓު ނުދީ ވޯޓު ބޮއިކޮޓް ކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ އެންޓި ޑިފެކްޝަން ބިލު ބަލައިގަތުމަށް ވޯޓަށް އެހުމުން 35 މެމްބަރުން ބިލް ބަލައިގަތުމަށް ވޯޓު ދީފައިވެއެވެ.

ވޯޓުގައި ބައިވެރިނުވާ ތިން މެމްބަރުންނަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދުގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދެވެ.

ތިން މެމްބަރުންވެސް މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ ތިއްބެވި ނަމަވެސް ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ނަޝީދު ވަނީ ވޯޓުގެ ކުރިން އޭނާގެ އަމިއްލަ ބްލޮގުގައި ބިލާ ދެކޮޅަށް ވާހަކަވެސް ދައްކަވާފައެވެ.