Last Updated: June 14, 17:57
Sunday, June 14, 2026
ޚަބަރު

ބިލެތްފަހީ އެމްޑީޕީ ބޮޑު ދިދަ ބޭލޭ ގޮތެއް ނުވި!

ށ. ބިލެއްފަހީ ބޮޑު ނިކަގަހުގެ ކުރިއަށް ނަގާފައި ހުރި އެމްޑީޕީ ބޮޑު ދިދަ ފުލުހުންނަށް ނުބޭލިގެން ބިދޭސީއަކު ލައްވާ ބާލުވައިފިއެވެ.

ބިލެއްފަހީން ވާހަކަ ދެއްކި މީހަކު ބުނީ 110 ފޫޓު ދިގު ނިކަ ގަހުގެ ކޮޅަށް އެމްޑީޕީ އެކްޓިވިސްޓުން މީގެ ހަތަރު ދުވަސް ކުރިން ނެގި ބޮޑު ދިދަ ބޭލުމަށް 17 ފުލުހުން މިއަދު ހެނދުނު އެރަށަށް ގޮސް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އޭނާ ބުނީ ފުލުހުން ގަހުގެ ވަކި ހިސާބަކަށް އެރުމަށްފަހު ދެން ނޭރޭނެކަމަށް ބުނެ ތިރިއަށް ފައިބާކަމަށެވެ.

އެގޮތަށް މަސައްކަތް ކުރުވުމަށްފަހު އެރަށުން ބިދޭސީއަކު ހޯދައި އޭނާ ގަހު ކުރިއަށް އަރުވައިގެން ދިދަ ބާލުވާފައިވާ ކަމަށެވެ.

ބިލެއްފަހި ބޮޑު ދިދަ ބާލާފައިވާ އިރު ފުލުހުން ދަނީ އެކި ރަށްތަކުގައި ނަގާފައި ހުންނަ އެމްޑީޕީ ދިދަ ނަގަން ފަށާފައެވެ.