Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ފާރިސްއާ ދެކޮޅަށް ހުށައެޅި ހެކި، އެއްކޮޅަށް ހެކިބަސް ދީފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު، އަހުމަދު ފާރިސް މައުމޫނާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ރިޝްވަތުގެ ދައުވާއަށް، ފާރިސްއާ ދެކޮޅަށް ހެކިބަސް ދިނުމަށް ގެނައި ހެކިވެރިޔާ، ކޯޓުގައި ފާރިސްއާ އެއްކޮޅަށް ހެކިބަސްދީފިއެވެ.

އެނގިފައިވާ ގޮތުގައި ސިއްރު ހެއްކެއްގެ ގޮތުގައި ދައުލަތުން ކޯޓަށް ހާޒިރު ކުރި ހެކިވެރިޔާ ވަނީ ފާރިސްއާ ދެކޮޅަށް ހެކިބަސް ދޭން ދެކޮޅު ހަދާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދައުވާގައި ފާރިސްއާ ދެކޮޅަށް ހެކިބަސް ދޭން ކޯޓަށް ހާޒިރުކުރީ މަޖިލިސް މެމްބަރެކެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި ހެކިބަސް ދިންއިރު އޭނާ ވަނީ ފާރިސް އޭނާއަށް ރިޝްވަތުގެ ގޮތުގައި އެއްވެސް ފައިސާއެއް ދީފައިނުވާ ކަމަށް ބުނެ ފާރިސްއާ އެއްކޮޅަށް ހެކިބަސްދީފައެވެ.

އަދި މަސީހުގެ އިތުބާރު ނެތްކަމަށް ހުށައެޅުމަށް ސޮއިކުރި ހަމައެކަނި ސަބަބަކީ ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އެގޮތަށް އެދިވަޑައިގަތުމުން ކަމަށް ހެކިވެރިޔާ ވަނީ ކޯޓުގައި ހެކިބަސް ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހު ދުރުކުރުމަށް ފާރިސް މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ހައްޔަރުކޮށް، ދައުލަތުން އުފުލާފައިވާ ދައުވާއަށް އޭނާ ވަނީ ތަކުރާރުކޮށް އިންކާރުކޮށްފައެވެ. އަދި ދައުލަތަށް ހެއްކެއް ހުށަނޭޅޭނެ ކަމަށްވެސް ފާރިސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އިތުރު ތަފްސީލު އަންނަނީ…