Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ބިލް ފާސްކޮށްފި

ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި ބައެއް މެމްބަރުން، 12 މެމްބަރުންގެ ގޮޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް ކޮމެޓީން ފާސް ކޮށްފި، ފޮޓޯ: މިހާރު

ޕީޕީއެމްއިން ވަކިވި 12 މެމްބަރުންގެ ގޮޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުގެ ކޮމެޓީން ފާސްކޮށްފިއެވެ.

ބިލް ފާސް ކޮށްފައިވަނީ ރޭ 8:45 ގައި ބޭއްވި މަޖްލިސްގެ މިނިވަން މުވައްސަސާ ތަކާއި ބެހޭ ކޮމެޓީގެ އިއްތިފާގުންނެވެ. އެކޮމެޓީ ކުރިއަށް ގެންދިޔައީ އިދިކޮޅު މެމްބަރުން ނުލައެވެ.

ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒެއިނާ އާދަމް ވިދާޅުވީ ކޮމެޓީން ބިލް ފާސްކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހިނގާފައިވާ ކަންކަމަށް މިބިލުން ބާރު ލިބޭ ގޮތަށް ކަމަށެވެ. އެހެން ވެއްޖެނަމަ މަޖްލިސްގެ ރައީސް މަގާމުން ވަކިކުރުމަށް ސޮއި ކުރެއްވި އަދި މިހާރު އިދިކޮޅު ފަރާތްތަކާއި އެކު ތިއްބެވި 12 މެމްބަރުންގެ ގޮޑި ގެއްލޭނެއެވެ.

ރެޒެއިނާ ވިދާޅުވީ ކޮމެޓީ ބައްދަލުވުން ބޭއްވީ ވެސް އެ ކޮމެޓީއަށް އިދިކޮޅު ފަރާތްތަކަށް ނާދެވޭނެ ގޮތަށް ބެލުމަށްފަހު ވަގުތު ކުޑަތަން ކޮށްފައި ކަމަށެވެ.

އަދި މިފަދަ ގޮތަކަށް މާކުރިން ހިގައި، މާޒީވެފައިވާ ކަމަކަށް އަމާޒުކޮށް ބިލެއް ހެދޭނެކަމަށް ގަބޫލް ނުކުރައްވާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.