Last Updated: June 28, 11:04
Sunday, June 28, 2026
ޚަބަރު

ކެބިން ކްރޫ ފައުންޑޭޝަން ކޯހެއް އަންނަ މަހު

އައްޑޫގައި ފަށާ ކެބިން ކްރޫ ފައުންޑޭޝަން ލެވެލް ކޯހަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ދިވެހި ކެބިން ކްރޫ އެކެޑެމީ (ޑީސީސީއޭ) އިން ބާއްވާ ކޯސް ކުރިއަށް ދާނީ އަންނަ މަހުގެ 29 އިން މެއި މަހުގެ 8 އާ ހަމައަށެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް މިހާރު ރަޖިސްޓްރީ ކުރެވޭނެ އެވެ.

ކޯހުގައި ބައިވެރިވާން 5،400ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ކޯހާ ބެހޭ އިތުރު މައުލޫމާތު 7983659 އަދި 9958800 އަށް ގުޅައިގެން ހޯދޭނެ އެވެ.

ޑީސީސީއޭއަކީ މީގެ ކުރިން ވެސް އައްޑޫގައި ކެބިން ކްރޫން ތަމްރީނު ކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގާފައިވާ އެކެޑެމީއެކެވެ.