Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ހައި ކޯޓްގެ ރެޖިސްޓްރާގެ މަގާމަށް ހޫރުޝީދާ

ދިވެހި ރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމަށް މަރިޔަމް ހޫރުޝީދާ އިއްޔެ އައްޔަންކޮށްފިއެވެ.

ހޫރުޝީދާ ކޯޓުގެ ރެޖިސްޓްރާގެ މަގާމަށް އައްޔަން ކޮށްފައިވަނީ އެމަގާމުގައި ކުރިން ހުންނެވި ހަސަން އަލީ، މިދިޔަ މަހުގެ ތެރޭގައި ވަކިކުރުމަށް ފަހުގައެވެ.

ހޫރުޝީދާ ކުރިން ހުންނެވީ އެކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައެވެ. އަދި ހަސަން އަލީ މަގާމުން ވަކިކުރުމާއެކު އިއްޔެއާ ހަމައަށް ވަގުތީ ގޮތުން އެމަގާމު ފުރުއްވި ބޭފުޅަކީވެސް ހޫރުޝީދާއެވެ.

ކޯޓުތަކުގެ ގާނޫނުގައި ވާ ގޮތުން ހައިކޯޓުގެ ރެޖިސްޓްރާގެ މަގާމު ފުރުއްވޭނީ ދަށު ކޯޓުގެ ފަނޑިޔާރުކަން ކުރުމަށް ޝަރުތު ފުރިހަމަވާ ބޭފުޅަކަށެވެ. ހޫރުޝީދާ ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމު 2011 ވަނަ އަހަރުން ފެށިގެން އަދާ ކުރައްވާފައެވެ.