ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އެންޓި ޑިފެކްޝަން ބިލް ދާދި ދެންމެއަކު މަޖިލީހުން ފާސްކޮށްފިއެވެ.
ބިލް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 36 މެމްބަރުން ބިލް ފާސްކުރުމަށް ވޯޓު ދީގެންނެވެ. ޖަލްސާގައި 38 މެމްބަރުން ބައިވެރިވެފައިވާއިރު ދެ މެމްބަރަކު ވަނީ ވޯޓުގައި ބައިވެރިނުވެފައެވެ.
ބިލް ފާސްކުރުމާއެކު އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިއުލާން ކުރި ގޮތަށް 12 މެމްބަރުންގެ ވެސް ގޮނޑި ގެއްލޭނެއެވެ.
ބިލްގައި ވާ ގޮތުން މަޖިލީހަށް މެމްބަރަކު އިންތިހާބުވާ ޕާޓީން ވަކި ވުމުން ނުވަތަ އިންތިހާބު ވާ ޕާޓީން ވަކިކުރުމުން ނުވަތަ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނެ އެވެ. ނަމަވެސް ބިލް މަޖިލީހުން ފާސްކޮށްފައިވަނީ އެ ބިލު ހިނގާނީ 13 ޖުލައި 2017 ވަނަ ދުވަހުގެ ފަހުން މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް އިލެކްޝަނުން މަޖިލީހަށް އަންގާފައިވާ ހާލަތްތަކުން ފެށިގެން ކަމަށް ކަނޑަ އެޅުމަށް ފަހު އެވެ.
ނަމަވެސް މިބިލުގައި ވާ ގޮތުން، މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިޚާބުވާ މެމްބަރުން، ސިޔާސީ ޕާޓީއަކާ ގުޅުނަސް ގޮނޑި ނުގެއްލޭނެއެވެ.