Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

ރެޑް ކްރެސެންޓްގެ ހަރަކާތްތައް އައްޑޫގައި!

އެމްއާރްސީން އިއްޔެ ހިތަދޫގައި ބޭއްވި ރޯޑް ޝޯ ތެރެއިން

ދިވެހި ރެޑް ކްރެސެންޓާއި (އެމްއާރްސީ) ބެހޭ މައުލޫމާތު އާއްމުންނާއި ހަމައަށް ފޯރުކޮށްދިނުމާއި، ދަރުމައަށް މަސައްކަތް ކުރާ ފަރާތްތައް ހޯދުމަށް ހާއްސަ ހަރަކާތްތަކެއް އައްޑޫގައި ފަށައިފިއެވެ.

ދިވެހި ރެޑް ކްރެސެންޓުން ބުނީ އިއްޔެއިން ފެށިގެން މިރޭގެ ނިޔަލަށް ހަރަކާތްތައް ރާވާފައިވާ ކަމަށެވެ. އެގޮތުން އިއްޔެ ހަވީރުވަނީ ހިތަދޫ ކުޑަކުދިންގެ ޕާކް ސަރަހައްދުގައި ރޯޑް ޝޯ އެއްބާވާފައެވެ.

އިއްޔެ ހަވީރު ބޭއްވި ރޯޑް ޝޯގައި ރެޑް ކްރެސެންޓާއި ބެހޭ މައުލޫމާތު ހިމެނޭ ލީފް ލެޓް ބެހުމާއި، ދަރުމައަށް މަސައްކަތް ކުރާނެ ވޮލަންޓިއަރުން ތައް ވަނީ ހޯދާފައެވެ. އެގޮތުން އިއްޔެގެ ހަރަކާތުގައި 100 އަށް ވުރެ ގިނަ ފަރާތަކުން ވަނީ ދަރުމައަށް މަަސައްކަތް ކުރުމަށް ފޯމު ފުރާފައެވެ.

އެމްއާރްސީއިން ބުނީ މިއަދު ހެނދުނާއި މެންދުރު ފަހު ޝަރަފުއްދީން ސްކޫލްގައި ފުރަތަމަ އެހީ އާއި، އަދި އެމްއާރްސީ އާއު ގުޅޭ މައުލޫމާތު ދިނުމުގެ ވޯކް ޝޮޕެއް އޮންނާނެކަމަށެވެ. އަދި މިރޭ ހާއްސަ ފޯރަމެއް ކައުންސިލް އިދާރާގައި ބޭއްވުމަށް ވަނީ ހަމޖެހިފައެވެ. އަދި މި ފޯރަމަށް ވިހާވެސް ގިނަ ފަރާތަކުން ވަޑައިަތުމަކީ އެމްއާރްސީގެ ވަރަށް ބޮޑު އެދުމެކެވެ.

އައްޑޫގައި އެމްއާރްސީގެ ދެ ޔުނިޓެއް ހަރަކާތްތެރިވެއެވެ. އެގޮތުން ހުޅުމީދޫގައި އެއްޔުނިޓް ހަރަކާތްތެރިވަމުން އަންނަ އިރު ދެވަނ ޔުނިޓުން އަންނަނީ ގުޅިފައިވާ ރަށްތަކުގައި ހަރަކާތް ހިންގަމުންނެވެ.