ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިއަދު ވެސް އެމްޑީޕީގެ ދެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ މާމިގިލި ދާއިރާގެ ރައީސް އިބްރާހިމް ރަޝީދު އަދި ގައުމީ މަޖިލިސްގެ މެމްބަރު މުޙައްމަދު ވަހީދެވެ.
ދެ މީހުންވެސް ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް މައުލޫމާތު ލިބޭއިރު، ކުރަނީ ކޮން ތުހުމަތެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
SoE ge dhashun kamah bune MDP ge Ungoofaaru Dhaaira ge Raees Mohamed Waheed @waddey_ Fuluhun hayyarukohfi pic.twitter.com/6LA20TV74i
— MDP Secretariat (@MDPSecretariat) March 13, 2018
އިދިކޮޅު އެއްވުންތަކުގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާއިރު 30 އަށްވުރެ ގިނަ މީހުން އަދިވެސް ބަންދުގައި އެބަތިބި ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ހިމެނެއެވެ.
MDP Maamigili Dhaaira ge Raees Ibrahim Rasheed Aboobakuru @Mmgibu Fuluhun hayyarukohfi pic.twitter.com/L3O0nhiY7H
— MDP Secretariat (@MDPSecretariat) March 13, 2018
މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެކި އެކި ހަރަކާތްތަކުގައި ބައިވެރިވާ އެކްޓިވިސްޓުން ހިމެނެއެވެ.
ރައީސް މައުމޫން ވަނީ އެމަނިކުފާނާ ދެކޮޅަށް ކުރަމުން އަންނަ ތަހުގީގު، ސިޔާސީ ހުރިހާ ހައްޔަރީން ދޫކޮށްނުލަނީސް އެއްކޮށް ބޮއިކޮޓް ކޮށްފައެވެ. މައުމޫން ވިދާޅުވީ ހައްޔަރީން މިނިވަން ކުރުމުން ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށެވެ.