Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

މިސްރުގެ ކޯހަކަށް އިމާމުންނަށް ފުރުސަތު ހުޅުވާލައިފި

މިސްރުގެ ގާހިރާގައި އޮންނަ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު އިމާމުންނަށް އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިނިސްޓްރީން ބުނީ އިމާމުންގެ ފެންވަރު މަތި ކުރުމުގެ މަގުސަދުގައި މި މިނިސްޓްރީން ޚަރަދުކޮށްގެން ހިންގާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގައި މިވަގުތު ތިބި އިމާމުންނާއި ދީނީ ފަތުވާ ދޭ ބޭފުޅުންނަށް ހުޅުވާލައިފައިވާ ކަމަށެވެ.

ކޯހުގެ ޝަރުތަކުގެ ތެރޭގައި ޢިއުދާދިއްޔާ/ޝަހާދާ ޘާނަވިއްޔާ ހާސިލުކޮށްފައިވުން ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށް ވުރެ މަތީ ސެޓްފިކެޓެއް ލިބިފައިވުން ނުވަތަ ދީނީ ތަޤްރީރު ކުރުމާއި ވަޢުޡު ބުނުމުގެ ހުއްދަ ލިބިފައިވުން ހިމެނެ އެވެ.

މިނިސްޓްރީން ބުނީ ކޯހަށް ބައިވެރިން ހޮވުމުގައި އަރަބި ބަހުން ރަނގަޅަށް ލިޔަން ކިޔަން އެނގޭ މިންވަރަށާއި ޢަރަބި ބަހުގެ ކޯސް / ޓްރޭނިންތަކުގެ ލިޔެކިޔުންތައް އެނގޭ މީހުންނަށް އިސްކަން ދެވޭނެ ކަމަށެވެ.

އެހެންވެ ޝައުގުވެރިވާ އިމާމުންނަށް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އަދި ހުގައި ބައިވެރިވާން އެދޭ މީހުންނަކީ އިސްލާމިކް މިނިސްޓްރީގެ ދަށުގައި ނޫން އެހެން ތަނެއްގައި ވަޒީފާ އަދާ ކުރާ މީހެއް ނަމަ، ކޯހުގައި ފޮނުވުމާ މެދު އެތަނުން އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ.