Last Updated: April 24, 23:11
Wednesday, April 24, 2024
ކުޅިވަރު

ސެވީއާ އަތުން ބަލިވެ، ޔުނައިޓެޑް ކަޓައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކް-އައުޓް ރައުންޑުގެ ދެވަނަ ލެގު 2-1 އިން ސެވީއާ މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި މުބާރާތުން ކަޓުވާލައިފި އެވެ.

ފުރަތަމަ ލެގު ލަނޑެއް ނުޖެހި އެއްވަރުވެފައިވާއިރު މުބާރާތުގައި ކުރިއަށް ދިއުމަށް ދެ ޓީމަށްވެސް ވަނީ މަޖުބޫރު ވެފައެވެ. ޔުނައިޓެޑަށް ރޭގެ މެޗުގައި މާ ރަނގަޅަށް ކުޅެވިފައެއް ނުވެއެވެ.

ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމިގެން ދިޔައިރު ދެވަނަ ހާފުގައިވެސް ސެވީއާއިން ލަނޑު ޖަހާފައިވަނީ ފަހު ފަނަރަ މިނެޓު ތެރޭގައެވެ. 74 ވަނަ މިނެޓާއި 78 ވަނަ މިނެޓުގައި ބެން ޔެޑާ ކާމިޔާބުކުރި ދެ ގޯލުން ސެވީއާއަށް ގާތްގަނޑަކަށް މެޗު ކަށަވަރު ވެފައިވާއިރު 84 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ހަމައެކަނި ލަނޑު ޖެހީ ލުކާކޫއެވެ.

މެޗަށް ފަހު މޮރީނިއޯ ބުނެފައިވަނީ އޭނާގެ ޓީމުގެ ކުޅުން ރަނގަޅު ކަމަށާއި ބަލިވުމަކީ ފުޓުބޯޅައިގައި އޮންނަ ކަމެއް ކަމަށެވެ. އަދި އޭނާ ބޭނުންވަނީ މިމެޗުގެ މަތިން ހަނދާން ނައްތާލުމަށް ކަމަށްވެސް ދެ ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ މޮރީނިއޯ ބުންޏެވެ.