Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ސްޓެފަން ހޯކިން މަރުވެއްޖެ

ދުނިޔޭގެ އެންމެ ވަރުގަދަ ސައިންޓިސްޓުންގެ ތެރޭގައި ހިމެނުނު އިނގިރޭސިވިލާތުގެ ސްޓެފަން ހޯކިން މިއަދު މަރުވެއްޖެ އެވެ.

އޭނާގެ އާއިލާ އިން ނެރުނު ކުރު ބަޔާނެއްގައި ސްޓެފަން މަރުވިކަން ކަށަވަރުކޮށް ދިން ނަމަވެސް އެއްވެސް ތަފުސީލެއް ދީފައެއް ނުވެ އެވެ. އޭގައި ބުނެފައި ވަނީ ސްޓެފަން މަރުވުމަކީ މުޅި އާއިލާ އަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށެވެ.

"ބައްޕަ އަހަރެމެންނާ ވަކިވެގެން ދިއުމަކީ މުޅި އާއިލާ އަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް. ބައްޕައަކީ އާދަޔާހިލާފު މޮޅު ސައިންޓިސްޓެއް. އަދި ބައްޕަގެ ހިދުމަތްތަކުގެ މަތިން އަބަދު ވެސް ދުނިޔެ ހަނދާން ކުރާނެ،" ސްޓެފަންގެ ތިން ދަރިންގެ ފަރާތުން ނެރުނު ބަޔާނުގައި ބުންޏެވެ.

ނޮބެލް ޕްރައިޒް ވެސް ހާސިލްކޮށްފައިވާ ސްޓެފަން މަރުވީ ވަރަށް ޒުވާން އުމުރުގައި ޖެހުނު ބައްޔެއްގެ ސަބަބުން ގޮނޑިއެއްގައި އިންނަވައިގެން ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވަމުން ގެންދަވަނިކޮށެވެ. އޭނާ ފިޒިކްސް އާއި ހިސާބު އިލްމުގެ ދާއިރާ އިން ހެއްދެވި ގިނަ ދިރާސާތަކަކީ ދުނިޔޭގެ ވަރަށް ބޮޑު ސަމާލު ކަމެއް ލިބިފައިވާ ދިރާސާތަކެވެ.

ސްޓެފަން 1988 ގައި ލިޔުއްވި "އަ ބްރީފް ހިސްޓްރީ އޮފް ޓައިމް" އަކީ ކާއިނާތުގެ ސިއްރުތައް ވަރަށް ތިލަކޮށް އާންމުންނާ ހިއްސާކޮށްފައިވާ ވަރަަށް ގިނަ ބައެއްގެ މަގުބޫލުކަން ވެސް ލިބިފައިވާ ފޮތެކެވެ.