Last Updated: June 10, 20:48
Thursday, June 11, 2026
ސިޔާސީ

"ދާދި އަވަހަށް އުފާވެރި ހަބަރެއް ލިބޭނެ"

ހުޅުމީދޫގައި އިއްޔެ އޮތް "ދޭތިން ފަހެތި" ކެމްޕޭން. ފޮޓޯ/ އިބްރާހީމް ޒުހުރީ

އެމްޑީޕީގެ މެމްބަރުންނަށް ދާދި އަވަހަށް އުފާވެރި ބޮޑު ޚަބަރެއްގެ ގޮތުގައި ޚަބަރެއް އިވިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އިއްޔެ ހަވީރު މީދޫގައި ބޭއްވި "ދޭތިން ފަހެތި" ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

"ތިޔަ ބޭފުޅުންނަށް ދާދި އަވަހަށް އިވިގެންދާ އުފާވެރި ބޮޑު ޚަބަރާ އެކު މުޅި ރާއްޖެ އަނެއްކާ ވެސް އެމްޑީޕީ އާ އެކު ތެދުވާނެ. އަޅުގަނޑު މިއަދަކު އެ ވާހަކަ ނުދައްކާނަން. އެހެން ނަވެސް އެ ޚަބަރާ އެކު ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު އަޅުގަނޑުމެންގެ ފަހަތަށް އަންނާނެ،" އަހުމަދު ވިދާޅުވި އެވެ. "މީގެ ސަބަބުން މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބު އަޅުގަނޑުމެންނަށް އެއްބުރުން ކާމިޔާބު ކުރެވޭނެ. އަދި އަޅުގަނޑުމެންގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް ފަހު ސަރުކާރު ހިންގުމާ ހަވާލުވެ ތިބި މީހުންގެ ތެރޭގައި މިހާރު ބައިބައިވުން އުފެދި މިސަރުކާރަށް ވަނީ ގުނޑުން އަރާފައި. މިގޮތަށް މިކަން ވެފައި އޮތުމުން މި ސަރުކާރުކާރު ދާދި އަވަހަށް ވައްޓާލުމަށް ފަހު އަޅުގަނޑުމެންގެ ސަރުކާރެއް ވަރަށް އަވަހަށް ގާއިމްކު ރާނަން."

ޮއިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަހުމަދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ތިބި ނުފޫޒު ގަދަ ރިސޯޓް އޯނަރުންނާއި ބަޣާވާތުގެ ބައިވެރީން ގެސްޓް ހައުސްގެ ސިޔާސަތަށް ކިތަންމެ ބޮޑަށް ޖެއްސުންކޮށް ފުރައްސާރަ ކުރިއަސް ގެސްޓް ހައުސްގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން އެމްޑީޕީން ރަށްރަށުގައި ގެސްޓް ހައުސްތައް އުފައްދައި އެގެސްޓް ހައުސްތަކަށް ޓޫރިސްޓުން ގެނެސް އެ ގެސްޓް ހައުސްތަކުން ރައްޔިތުމީ ހާގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ހަދައި އޭގެ ފައިދާ ރައްޔިތުންނަށް ހޯދައި ދޭނެކަ މަށެވެ.

މީގެ އިތުރަށް އަހުމަދު ވިދާޅުވީ އެމްޑީޕީން މި ކުރާ މަސައްކަތަކީ ދިވެހި ރައްޔިތު މީހާ ނިކަމެތިވެ ހުރެ އަނެއް މީހާ ކައިރި އަށް ގޮސް ސަލާން ޖެހުން ހުއްޓުވުމަށް ކުރާ މަސައްކަތް ކަމަށެވެ. އަދި މި ކުރާ މަސައްކަތަކީީ ރަށުގައި ތިިބެގެން ކޮންމެ ރައްޔިތަކަށް ވެސް އާމްދަނީ ލިބޭނެ ގޮތުގެ ސިޔާސަތެއް އެކުލަވާލައިގެން އެ ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައި ދިނުމަށް ކުރާ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.