Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

ލަންކާގައި ސޯޝަލް މީޑިޔާ މޮނިޓާ ކުރަނީ

ސްރީ ލަންކާގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ޓެކްނޮލޮޖީ މިނިސްޓަރު ހަރިން ފެރްނަންޑޯ-

ސްރީ ލަންކާގެ ރައްޔިތުން ސޯޝަލް މީޑިިޔާ ބޭނުންކުރާ ގޮތް ބަލައި، ދިރާސާ ކުރަން އެކަމަށް ޚާއްސަ އިދާރާއެއް އުފެއްދުމަށް މަޝްވަރާ ކުރަން ފަށައިފިއެވެ.

ލަންކާގެ ޑިޖިޓަލް އިންފްރާ ސްޓްރަކްޗާ ޓެކްނޮލޮޖީ މިނިސްޓަރު ހަރިން ފެރްނާންޑޯ ވިދާޅުވެފައިވާ ގޮތުގައި މިއިދާރާ އުފައްދަން ޖެހުނީ ދީނީ ތަފާތުވުންތައް އެގައުމުގައި ބޮޑުވަމުން އަންނާތީ ކަމަށެވެ.

އަދި ވަކި ދީނަކަށް އަމާޒުކޮށް ބަޔަކު ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ހުއްޓުވުމަށް މި އިދާރާގެ ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކުޑަކުދިންގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް އާންމުވުން ހުއްޓުވުމާއި އެހެނިހެން ބަރަހަނާ މަންޒަރުތައް ހުއްޓުވުމަށް ވެސް މަސައްކަތް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލަންކާގައި މުސްލިމުންނާ ބުދިސްޓުންނާ ދެމެދު އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން އެއްކޮށް ސޯޝަލް މީޑިޔާ ބޭނުން ނުކުރެވޭ ގޮތްވެސް ވަނީ ހަދާފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އެގައުމުގައި އިއުލާން ކޮށްފައެވެ.