Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

އެކްސިޑެންޓްވީ ރަޖިސްޓްރީ ނުކޮށް ދުއްވި ކާރެއް!

ލިންކު ރޯޑުގައި 10 މާޗް 2018 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް، ފޮޓޯ: އިބްރާހިމް އަބްދުﷲ

މި މަހުގެ 10 ވަނަ ދުވަހު ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އެކްސިޑެންޓްވި ކާރަކީ ޓްރާސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައި ނުވާ ކާރެއްކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވި "ޓޮޔޯޓާ އެރިސްޓޯ" ކާރަކީ އެއްގަމު ދުއްވާ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދާއި ހިލާފަށް ރަޖިސްޓްރީ ކުރުމެއް ނެތި އަދި އިންޝޫރެންސް ކޮށްފައި ނުވާ ކާރެކެވެ.

ހިތަދޫ ކުނި ކޮށި ކައިރީ ހިނގި މިއެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ހިތަދޫ ނޫމުގުމާގެ، މުހައްމަދު ރަޝްމު ރިޔާޒުވަނީ ވަގުތުން މަރުވެފައެވެ.

ލިންކް ރޯޑް ކުނިކޮށްޓާއި ދިމާލުން ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަމްޝް ވަނީ ނިޔާވެފައި.
ލިންކު ރޯޑުގައި 10 މާޗް 2018 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް، ފޮޓޯ: އިބްރާހިމް އަބްދުﷲ

މިހާދިސާގައި ނިޔާވި ރަޝްމުގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކަކީ މިހާތަނަށް ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އެންމެ ބޮޑަށް އަނިޔާވި އެކްސިޑެންޓެވެ.

މިހާދިސާގައި ރަޝްމު ދުއްވި ސައިކަލާއި ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ކާރު ދުއްވަން އިން ފަރާތް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާ އިރު ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ބުނީ މިހާދިސާ ތަހްގީގު ކުރަމުންދާތީ ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށެވެ.