Last Updated: April 30, 21:06
Wednesday, April 30, 2025
މުނިފޫހިފިލުވުން

އެކްޓަރު ނަރެންދުރަ މަރުވެއްޖެ

ގިނަ ޓީވީ ސިލްސިލާތަކާއި ފިލްމްތައް ކުޅެފައިވާ އިންޑިއާގެ އެކްޓަރު ނަރެންދުރަ ހާޓްއެޓޭކެއް ޖެހިގެން މިއަދު މަރުވެއްޖެ އެވެ.

މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ހާޓްއެޓޭކް ޖެހުނު ޖާ މިއދު ހެނދުނު މަރުވި އިރު، އުމުރަކީ 55 އަހަރެވެ. އޭނާގެ މަރާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން މިހާރު އަންނަނީ ހިތާމައިގެ ޓްވީޓްތައް ކުރަމުންނެވެ.

ޖާ ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި ރައީސް، ކާބިލް، މޮހެންޖޮ ދާރޯ، ގާޔަލް ވަންސް އެގެއިން އަދި ފޯސް 2 ފަދަ ފިލްމްތައް ހިމެނެ އެވެ.

އޭނާގެ ކުރިއަަށް އޮތް ފިލްމަކީ މި އަހަރު ރިލީޒް ކުރަން ތާވަލްކޮށްފައިވާ ޕްރަބާސް އާއި ޝްރަދާ ކަޕޫރްގެ "ސާހޯ" އެވެ.