Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

މުޒާހަރާއަށް މީހުން އުފުލާ މަސްދޯނި "ކުށްވެރިވާނެ"

އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ މުޒާހަރާއަށް މީހުން އުފުލާ މަސް ދޯނި ތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފިޝަރީޒް މިނިސްޓްރީން ދީފިއެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްވެރިކަމުގެ ހުއްދަ ދީފައިވާ އުޅަނދުތަކުގައި އައިރު ގާނޫނީ އެއްވުމަކަށް މީހުން އުފުލައިފި ނަމަ އެ އުޅަނދަކަށް ދޫކޮށްފައިވާ މަސްވެރިކަމުގެ ހުއްދަ ބާޠިލްކޮށް ޖުރިމަނާ ކުރާނެކަމަށެވެ.

މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިވާ އިރު ހުކުރު ދުވަހުގެ އެއްވުމަށް ރާއްޖޭގެ އެކި ކަންކޮޅު ތަކުން މިހާރުވެސް މީހުން ދަނީ މާލެ ޖަމާވަމުންނެވެ. އެގޮތުން އެއްގަމާއި ކަނޑުގެ މަގުން މީހުން މާލެ އަރަމުން އަންނަ އިރު ސަރުކާރުން ވަނީ ހުކުރު ދުވަހުގެ މުޒާހަރާއަކީ އައިރު ގާނޫނީ އެއްވުމެއްކަމަށް ވިދާޅުވެފައެވެ.