Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

އުއްތަމަފަނޑިޔާރުގެ ގޮނޑިކޮޅު ދަށުގައި ޓޭޕް ރިކޯޑަރެއް!

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރައީސް ޔާމީން އާއި އެކު

ފުލުހުންގެ ބަންދުގައި ހުންނެވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވަކީލް އާއި ބައްދަލު ކުރެއްވި އިރު ގޮޑިކޮޅު ދަށިގައި ޓޭޕް ރިކޯޑާއެއް ހަރުކޮށްފައި ހުއްޓާ ފެނިއްޖެކަމަށް ވަކީލް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިދޫގައި އުއްތަމަ ފަނޑިޔާރާއި ބައްދަލު ކުރެއްވި އިރު ގޮޑިކޮޅު ދަށުގައި ރަތް ކުލައިގެ ޓޭޕް ރިކޯޑާއެއް ހަރުކޮށްފައި ހުއްޓާ ފެނުމުން އެތަން ގަިނަ ވަކީލުންނަށް ދައްކާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ދޫނިދޫ ޖަލު ބަލަހައްޓާ އޮފިޝަލުންގެ ފަރާތާއި ސުވާލުކޮށް ޖަވާބެއް ލިބިފައި ނުވާކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ މިކަމާއި ގުޅޭގޮތުން ވަރަށް އަވަހަށް މީޑިއާ އާއި ބައްދަލު ކުރައްވާނެކަމަށެވެ.

އުއްތަމަ ފަނޑިޔާރު އިށީދެ ވަޑައިގެން ހުންނެވި ގޮޑިކޮޅުގެ ދަށުން ޓޭޕް ރިކޯޑަރއެއް ފެނިފައިވާކަމަށް ހިސާން ވިދާޅުވެފައިވާ އިރު ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނެސް ބިލް މިއަދު ރައީސް ވަނީ ތަސްދީގު ކުރައްވާފައެވެ.
ތަފްސީލް އަންނަނީ….