Last Updated: June 27, 18:00
Saturday, June 27, 2026
ޚަބަރު

ހައިކޯޓްގެ ފަނޑިޔާރަކަށް ހަސަން އައްޔަން ކުރަނީ

ހަސަން އަލީ

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަނު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވުނު އެ ކޮމިޝަނުގެ މިއަހަރުގެ 18 ވަނަ ބައްދަލުވުމުގައި ބައިވެރިވި އެކޮމިޝަނުގެ މެމްބަރުންގެ އިއްތިފާގުންނެވެ.

މިގޮތުން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނުކުރުމަށް ޖޭއެސްސީ އިން ނިންމާފައިވަނީ ކ.މާލެ، ދަފްތަރު ނަންބަރު ރސ 9038، އަލްއުސްތާޛު ޙަސަން ޢަލީ އެވެ.

ކުރިން ފުލުހުންގެ ތެރޭގައި މަސައްކަތް ކުރެއްވި ހަސަން އަލީ އެންމެ ފުރަތަމަ އައްޔަން ކުރައްވާފައިވަނީ އިމިގްރޭޝަން ކޮންޓްރޯލާގެ މަޤާމަށެވެ. ފަހުން އެމަޤާމުން ވަކި ކުރުމަށްފަހު ހަސަން އަލީ އައްޔަން ކުރެއްވީ ހައުސިން މިނިސްޓްރީގެ ނައިބަކަށެވެ.

ހަސަން އަލީ ހައިކޯޓުގެ ރަޖިސްޓްރާ ކަމަށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރު ކަމުގައިވީއިރު، 2017 ވަނަ އަހަރުގެ އެޕްރީލު މަހު ހަސަން އަލީ ވަނީ އެ މަޤާމުން ވަކި ކޮށްފައެވެ.

ޖެހިގެން އައި މެއި މަހު ހަސަން އަލީއަށް ވަނީ އާސަންދަ ކުންފުނީގެ އެމްޑީކަން ދީފައެވެ. ނަމަވެސް ޑިސެމްބަރު މަހު ހަސަން އަލީ އެމަޤާމުން ވެސް ވަކިކޮށް ޖެހިގެން އައި ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ އެގްޒެކެޓިވްގެ މަޤާމަށް ވަނީ އައްޔަން ކުރައްވާފައެވެ.