Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

"އެކައުންޓަށް ވަން ފައިސާވީ އޭސީސީގެ ބެލުމުގެ ދަށުގައި"

ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ހުރީ އޭސީސީގެ ބެލުމުގެ ދަށުގައި ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ޕީޖީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި ކުންފުނި އެސްއޯއެފްއިން ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޑޮލަރު ޖަމާ ކުރީ ކީއްވެގެންކަން އެމަނިކުފާނަށް އެނގި ވަޑައި ނުގަންނަވާކަމަށެވެ.

އަދި އެމަނިކުފާންގެ އެކައުންޓްގައި އެހާވަރަށް ފައިސާ ހުރިކަން އެނގިވަޑައިގަތީ އެސްއޯއެފް އިން އެކަން ހާމަކުރުމުން ކަމަށެވެ. އަދި އެފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ހުރިކަން އެނގިވަޑައިގަންނަވާކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އެސްއޯއެފްއިން ޖަމާކުރި ފައިސާ އަކީ އެމްއެމްޕީއާރްސީ ފައިސާކަން އަދި ނޫންކަންވެސް ރައީސަށް އެނގި ވަޑައިނުގަންނަވާކަމަށެވެ.

ރައީސް އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ހުރީ އޭސީސީގެ ބެލުމުގެ ދަށުގައި ކަަމަށް ނިހާން ވިދާޅުވިއިރު، ތަހުގީގަށް ފަހު އޭސީސީން އޮތީ އެ މައްސަލަ ފައިލްކޮށްފަ އެވެ.

އޭސީސީން ބުނީ އެމައްސަލަ ފައިލް ކުރީ އެމައްސަލައިގައި ހިމެނޭ ބައެއް މީހުން ރާއްޖޭގައި ނެތުމުން ކަމަށެވެ.