Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

"ރައީސްގެ އެކައުންޓަށް ވަން ފައިސާ އޭސީސީއަކު ނެތް"

ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އޭސީސީގެ ބެލުމުގެ ދަށުގައި ހުރިކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވި ވާހަކަތައް އޭސީސީން ދޮގުކޮށްފިއެވެ.

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސް ކޮންފަރެެންސްގައި ނިހާން ވިދާޅުވީ އެފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ހުރިކަމަށެވެ. ނަމަވެސް އޭސީސީގެ މެމްބަރަކާއި ހަވާލާދީ ބައެއް މީޑިއާތަކުގައި އެފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ނެތްކަމަށް މެމްބަރަކު ވަނީ ނަން ހާމަ ނުކުރުމަށް ޝަރުޠުކޮށް ވިދާޅުވެފައެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި ނިހާން އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން އެމަނިކުފާނަށް އެނގިވަޑައިގަތީ އެކަން އެސްއޯއެފްއިން ހާމަ ކުރުމުންކަމަށެވެ. އަދި އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާ ކަމަށެވެ.