ޕީޕީއެމްގެ މެމްބަރުން އިދިކޮޅު ފަރާތްތަކަށް ނުހުއްޓުވޭއިރު ރައީސް އަބްދުﷲ ޔާމީން ހުއްޓުވޭނެ ގޮތެއް ނޯންނާނެކަމަށް ވިދާޅުވެ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއް ރަހީމް (އަދުރޭ) އިދިކޮޅު ސިޔާސީ ފަރާތްތަކަށް ގޮންޖައްސަވައިފިއެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އަދުރޭ ވިދާޅުވީ އަޅުގަނޑުމެން މެމްބަރުން މިހެން ބާއްވާލާ ނޫސް ކޮންފަރެންސްގައި ދައްކަވާ ވާހަކަތަކަށް އިދިކޮޅު ފަރާތްތަކަށް ރައްދުދީ ނުހުއްޓުވިގެން އުޅޭ އިރު ރައީސް އަބްދުއްﷲ ޔާމީން އަމުދުން ނުހުއްޓުވޭނެކަމަށެވެ.
މިއަދުގެ ނޫސް ކޮންފަރެންސްގައިވެސް އަދުރޭ މުޅިވެސް ދެއްކެވީ އެއް ވާހަކަފުޅު ތަކަކެވެ. އެގޮތުން އަދުރޭ ވިދާޅުވީ ނޫސް ކޮންފަރެންސް ނިންމާލުމުން އެކި ކަހަލަ ފޮޓޯ ހަދައިގެން ކޮންމެކަމެއް ކުރި ނަމަވެސް މި ސަރުކާރު ދިފާއު ކުރެއްވުމަށް ކުރެވެން އޮތް މަސައްކަތެއް ކުރައްވާނެކަމަށެވެ.
"ވަރިހަމަ ކަނޑުގައި ތިބި މަސްމަހާ މެހީގެ ގޮތަށް ކީއްކުރަން ދޫނި ސޫފާ ސޫފި ގޮތަށް ފޮޓޯ ހެދިއަސް މިކަން ކުރިއަށް ގެންދާނަން"
އަދުރޭ ވިދާޅުވީ ހުކުރު ދުވަހު ބާއްވަން އުޅޭ އެއްވުންވެސް ފެއިލްވެގެން ދާނެކަމަށެވެ.