Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

މާރިޔާ، އަމީތު، އަލީ އަދި ފައިސަލް ހައްޔަރުކޮށްފި

ސުޕުރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މަޖީދީ މަގާއި ޗާނދަނީ މަގު ގުޅޭ ސަރަަހައްދަށް އެއްވުމުން އެމީހުންތައް ފުލުހުން ފަހަތަށް ޖައްސައިފިއެވެ.

އިދިކޮޅު ޕާޓީތަކުން މިރޭ ކުއްލި މުޒާހަރާއަކަށް ގޮވާލުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ މަގު މައްޗަށް ނިކުމެފައެވެ. ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ.

ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕަރ ސްޕްރޭ ޖަހައި ބައެއް މީހުންތައް ހައްޔަރުކޮށްފައެވެ. އެގޮތުން މުޒާހަރާ ތެރެއިން މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރ މާރިޔާ އަހުމަދު ދީދީ އާއި ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުންވެސް މެމްބަރ އަލީ ހުސެއިން އާއި މެމްބަރު އަމީތު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ވަނީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމުވެސް ހައްޔަރުކޮށްފައެވެ. މީގެ އިތުރުން މާލެ ސިޓީ ކައުންސިލް ނިޔާޒުވެސް ވަނީ ހައްޔަރުކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރު ކުރި މެމްބަރުން ވަނީ ފުލުހުންގެ މައި މަރުކަޒަށް ގެންގޮސްފައެވެ.

ތަފްސީލް އަންނަނީ…