އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މަޖްލިސްގެ އިދިކޮޅު ތިން މެމްބަރުންނާއި އިތުރު އެހެން މީހުންތައް ދޫނިދޫއަށް ގެންގޮސްފިއެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިންގެ އިތުރުން މެމްބަރު އަމީތުއެވެ.
މީގެ އިތުރުންވެސް އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމްވަނީ ހައްޔަރުކޮށްފައެވެ. މި އެންމެން ހައްޔަރު ކުރީ އެސްއޯއީގެ ދަށުން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.
MP Maria Didi
Former Minister Mohamed Aslam
MP Ali Hussain
MP Mohamed Ameeth
Noori all taken to Dhoonidhoo pic.twitter.com/xWLaVoaPlC— MDP Secretariat (@MDPSecretariat) March 14, 2018
ފުލުހުން ވަނީ ރޭވެސް މަގުތަކަށް ނިކުތް މީހުން ފަހަތައް ޖެއްސާފައެވެ. ރޭގެ މުޒާހަރާތެރެއަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން ހާލު ދެރަވެގެން 5 މީހަކަށް ވަނީ ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ.