ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގައި މަސައްކަތް ކުރެއްވި ތިން އޮފިސަރަކު ކުއްލި ހާލަތުގެ ދަށުން ހައްުޔަރުކޮށްފިއެވެ.
ރޭ ހައްޔަރު ކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ ބޮޑީގާޑަކަށް މަސައްކަތް ކުރެއްވި އަހުމަދު ޝަނީޒު އާއި ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑުކަން ކުރެއްވި ސިމާދު އަހުމަދު އާއި އަހުމަދު ފައްތާހުއެވެ. ސިމާދު އާއި ޝަނީޒު މީގެ ކުރިން ހައްުޔަރުކޮށް ދާދި ފަހުން ވަނީ ސިފައިންގެ ވަޒީފާއިން ވަކިކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން ބޭފުޅުން ހައްޔަރުކޮށްފައިވަނީ މާލޭގެ ދެކުނު ފަރާތު ގާޑިޔާ ސަރަހައްދުގައި ތިއްބާ އެސްއޯ ފުލުހުންނެވެ.
ކުއްލި ހާލަތު އިއްލާން ކުރި ފަހުން އެސްޕީޖީ އޮފިސަރުންނާއި އެސްއޯ ފުލުހުން ތަކެއް ވަނީ ހައްޔަރުކޮށްފައެވެ.