Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ރޭ ހައްޔަރުކުރި 15 މީހުން އަދިވެސް ބަންދުގައި

މުޒާހަރާ ތެރެއިން މެމްބަރު މާރިޔާ ހައްޔަރު ކުރަނީ

ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާ ތެރެއިން ހައްޔަރުކޮށްފައިވަނީ 15 މީހުން ކަމަށާއި އެ ހުރިހާ އެންމެން ތިބީ ބަންދުގައި ކަމަށް ފުލުހުން ބުނެފިއެވެ.

މުޒާހަރާ ތެރެއިން މަޖިލީހުގެ ހަތަރު މެމްބަރަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންއެވެ. ނަމަވެސް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ހައްޔަރުކުރުމަށް ފަހު ފުލުހުން ވަނީ ވަކި ހިސާބަކުން އޭނާ ދޫކޮށްލާފައެވެ.

ދެން ތިބި މެމްބަރުންނާއި ހައްޔަރުކުރި އާންމުން ވަނީ ރޭ ދޫނިދޫއަށް ގެންގޮސްފައެވެ. ރޭގެ މުޒާހަރާ ތެރެއިން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ހިމެނެއެވެ.

ރޭގެ މުޒާހަރާ ތެރެއިން ފުލުހުން ވަނީ، ފުލުހުންގެ ގަޔަށް ޖެހުމަށް ތައްޔާރުކޮށްފައިވާ ކަމަށް ބުނާ މިރުސް ފެން ޕެކެޓުތަކެއް ހޯދާފައެވެ. ފުލުހުން ބުނެފައިވަނީ 100 އަށްވުރެ ގިނަ މިރުސް ފެން ޕެކެޓު ފެނިފައިވާ ކަމަށެވެ.