މަރަދޫފޭދޫ ލިންކު ރޯޑުގައި ސައިކަލަކާއ ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެކްސިޑެންޓް ހިނގާފައި ވަނީ ސްޕީޑު ބްރޭކަރަށް މަޑުކުރި ކާރެއްގެ ފަހުގައި ސައިކަލަކުން ޖެހިގެންނެވެ. މިހާދިސާގައި ސައިކަލްގައި ތިބި ދެ އަންހެނުންނަށް ވަނީ އަނިޔާވެފަ އެވެ. ނަމަވެސް ސީރިއަސް ގެއްލުމެއް ނުލިބެ އެވެ.
މި ހާދިސާގައި ކާރުގެ ބިއްލޫރި ޝީޓް ތަޅައިގެން ދިއުމުގެ އިތުރަށް، ޑިކީއާ ދިމާލުން ބަޑިވެ ގެއްލުންވެފައިވެ އެވެ. ސައިކަލަށް އެކްސިޑެންޓްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކޮށްލެވެ އެވެ.