Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ރޭގެ މުޒާހަރާ އިން 15 މީހަކު ހައްޔަރު ކުރި

ރެ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި "ހުއްޓުވާ" މުޒާހަރާތެރެއިން 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާން ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރޭގެ މުޒާހަރާ ތެރެއިން 15 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު ފިޔަވައި ދެންތިބި އެންމެންގެ މައްޗަށް ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުއެވެ.

ދެން ހުރި ފަރާތަކީ ފުލުހެއްގެ ގަޔަށް ކަޅު ތެޔޮ ޖެހި މައްސަލައަކާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހެކެވެ.

ރޭގެ މުޒާހަރާ ތެރެއިން ހައްޔަރުކޮށްފައިވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިންގެ އިތުރުން މެމްބަރު އަމީތުއެވެ.

މީގެ އިތުރުންވެސް އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވެސް ވަނީ ހައްޔަރުކޮށްފައެވެ. މިއެންމެން ރޭ ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.

ޝިފާން ވިދާޅުވީ ރޭގެ މުޒާހަރާއަކީ ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް ހިންގި އައިރު ގާނޫނީ އެއްވުމެއް ކަމަށެވެ.