Last Updated: June 28, 11:04
Sunday, June 28, 2026
ޚަބަރު

އުރީދޫ "ވަރަށް ތަފާތު"!

އުރީދޫ މޯލްޑިވްސްއިން "ވަރަށް ތަފާތު" ނަމުގައި ހާއްސަ ކެމްޕެއިންއެއް ފަށައިފިއެވެ.

"ވަރަށް ތަފާތު" ކެމްޕެއިން މިއަދު ހެނދުނު އާޓިފިޝަލް ބީޗްގައި އުރީދޫގެ މުވައްޒަފުންނާއެކު ފެށީ "ވަރަށް ތަފާތު" ކޮށެވެ.

ކެމްޕެއިން ފައްޓަވައިދެއްވަމުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، އުރީދޫއިން ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭންފަށައި، ވޭތުވެ ދިޔަ ކޮންމެ އަހަރަކީ މުޅިން ތަފާތު އަހަރެއް ކަމަށެވެ.

ނަޖީބް ވިދާޅުވީ އުރީދޫގެ ކޮންމެ ކަސްޓަމަރަކީވެސް ވަރަށް ތަފާތު މީހެއް ކަމަށާއި އުރީދޫއިން މަސައްކަތްކުރަނީ އެ ހުރިހާ ތަފާތުތަކަށްކަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

އުރީދޫން ވަނީ މިކެމްޕެއިން އާއި ގުޅޭ ވަރަށް ތަފާތު ވީޑިއޯއެއްވެސް އާއްމުކޮށްފައެވެ.

މިއަދު ފެށި ކެމްޕެއިންއަކީ އަހަރު ދުވަހަށް ކުރިއަށްގެންދާ ކެމްޕެއިންއެއްކަމަށް އުރީދޫން ވަނީ ބުނެފައެވެ.