ޔޫރަޕިއަން ޔުނިއަން (އީޔޫ) ޕާލަމެންޓްގައި ރާއްޖޭގެ މައްސަލައިގެ ބަހުސް ފަށައިފިއެވެ.
އީޔޫގެ ޕާލެމެންތްގައި މެމްބަރުން މިހާރު ދަނީ ރާއްޖޭގެ މަސްރަހާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބަހުސްގައި މެމްބަރުން ދަނީ ރާއްޖޭގައި ކުއްލި ހާލަތު އިއްލާންކޮށް، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުން ހައްޔަރުކޮށް ހިންގަމުންދާ ކަންކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.
އީޔޫ ޕާލަމެންޓްގައި ރާއްޖޭގެ މައްސަލަ އެޖެންޑާކޮށް ބަހުސް ކުރަމުންދާ އިރު މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު އީޔޫގެ ޕާލެމެންޓުން ވަނީ ރާއްޖޭގެ ކަންކަން ހައްލުކުރުމަށް ގޮވާލައި ގަރާރެއް ފާސްކޮށްފައެވެ.
މެމްބަރުންގެ ބަހުސަށް ފަހު ގަރާރަށް ވޯޓު ނެގުން އޮންނާނީ މިއަދު ހަވީރުއެވެ.