Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ދޫނިދޫގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި ތިބި ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގައިދީން ހަޅުތާލު ފަށާފައިވަނީ މިއަދު މެންދުރުން ފެށިގެންނެވެ.

ގާނޫނީ ވަކީލް މަހްފޫޒު ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކްޓިން ކޮމިޝަނަރު އަބްދުﷲ ނަވާޒާއި ބައްދަލުކުރަން އެދުމުން ވެސް މިހާތަނަށް ޖަވާބެއް ލިބިފައި ނުވާތީ އާއި ޖަލުގެ ހާލަތާ ގުޅިގެން ހައްޔަރުކޮށްފައިވާ 50 އަށް ވުރެ ގިނަ ގައިދީން ހަޅުތާލު ފަށާފައިވާ ކަމަށެވެ.

ދޫނިދޫގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށާފައިވާ އިރު ގައިދީންނަށް ސާފު ބޯފެން ނުލިބޭތީ އާއި އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ ކަމުގެ ޝަކުވާ ހިއުމަން ރައިޓްސް ކަމިޝަނަށް ވަނީ ހުށަހަޅާފައެވެ.