އެންޓި ޑިފެކްޝަން ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާޠިލް ކުރުމަށް އެދި އިދިކޮޅު ފަރާތްތަކުން ސުޕުރީމް ކޯޓަށް ހުށަހެޅި މައްސަލަ އަންނަ އާދީއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.
ސުޕުރީމް ކޯޓުން އެދެމައްސަލަ ތާވަލްކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 11، އަދި މެންދުރު ފަހު 1:30އަށެވެ.
އެންޓި ޑިފެކްޝަން ބިލްގައި ވާ ގޮތުން މަޖިލީހަށް މެމްބަރަކު އިންތިހާބުވާ ޕާޓީން ވަކި ވުމުން ނުވަތަ އިންތިހާބު ވާ ޕާޓީން ވަކިކުރުމުން ނުވަތަ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނެ އެވެ. ނަމަވެސް ބިލް މަޖިލީހުން ފާސްކޮށްފައިވަނީ އެ ބިލު ހިނގާނީ 13 ޖުލައި 2017 ވަނަ ދުވަހުގެ ފަހުން މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް އިލެކްޝަނުން މަޖިލީހަށް އަންގާފައިވާ ހާލަތްތަކުން ފެށިގެން ކަމަށް ކަނޑަ އެޅުމަށް ފަހު އެވެ.
ފަނޑިޔާރުންގެ ގާނޫނަަށް ގެނައި ބަދަލާއި އެކު ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ ފަނޑިޔާރު ކަން ގެއްލޭނެއެވެ.