Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ރާއްޖެއާ މެދު ފިޔަވަޅު ނާޅައި ދޫކޮށްލެވޭކަށް ނެތް: އީޔޫ

ރާއްޖެ އާއި މެދު ފިޔަވަޅު ނާޅައި ދޫކޮށްލެވެން މިހާރު ނެތްކަމަށް އީޔޫގެ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ބުނެފިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން މިއަދު އީޔޫ ޕާލިމްޓްގައި ކުރިއަށްދިޔަ ބަހުސްގައި މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ބައެއް މެމްބަރުން ވަނީ ރާއްޖޭގައި އިންސާނީ ހައްގު ނެތިފައިވާ ކަމަށާއި ޑިމްކްރަސީ ނެތިފައިވާކަމަށް ބުނެފައެވެ. އަދި ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާފު ފުޑުފުޑުކޮށްލާފައިވާކަމަށްވެސް މެމްބަރުން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްވެސް ކަމެއް ރަނގަޅު ކުރުމުގެ ބަދަލުގައި ކަންކަން އިތުރަށް ގޯސް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެހެންވެ ވަކިވަކި ފަރާތްތަކާއި މެދު ސީދާ ފިޔަވަޅު އެޅުމަށް މެމްބަރުން ވަނީ ގޮވާލާފައެވެ.

ރާއްޖޭގެ މައްސަލައިގެ ބަހުސް ހިނގަމުންދާ އިރު 22 މާއްދާ ހިމެނޭ ގަރާރަށް ވޯޓު ނެގުން މިއަދު ހަވީރު އޮންނާނެއެވެ.