ދިވެހި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް ރައީސް ޔާމީން މިއަދު މ. ފޭމަންސް، އިބްރާހިމް އުވައިސް އައްޔަން ކުރައްވައި، ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުވައިސްއަށް ސަފީރު ކަމުގެ ފަތްކޮޅު އަރުވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އޭނާގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
އުވައިސްގެ ނަން މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 31 މެމްބަރުންގެ އިއްތިފާގުންނެވެ. ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ގޮތުގައި ކުރިން އެމަގާމުގައި ހުންނެވީ މިހާރުގެ ލަންކާ ސަފީރު، މުހައްމަދު ހުސެއިން ޝަރީފް(މުންދު) އެވެ.